ދައުލަތުގެ އާމްދަނީ އިތުރުކުރުމަށްޓަކައި ތީމުގެ ހަތް ތަރީގެ ހޮޓަލަކަށް ބަދަލު ކުރުން ވަރަށް މުހިއްމު.
ޠައްޔިބް ޝަހީމް
ދުނިޔޭ މަޝްރަހް އިގްތިސާދީ ނާޒުކު ދަނޑިވަޅެއްގައި ވީހިދު އަޅުގަނޑުމެން ގެ ގައުމުވެސް ވަނީ ބައެއްގެ އިހުމަލާއި އެބައިމީހުންގެ އަޅާލުން ކުޑަވުމުގެ ސަބަބުން އޮޔާލެވިފައެވެ. ދައުލަތުގެ ފަގީރުކަން އިންތިހާއަށް ދަށަށްގޮސް ގައުމަށް ލިބުނުހާ އާމްދަނީ ވީނުވީތަނެއް ނޭނގި، ޒާތެއްގެ ގިލަންވެރިކަމަކާއި ހާސްކަމެއްގެ ތެރެއަށް މިގައުމު މިވަނީ ގަސްތުގައި ވައްޓާލާފައެވެ. މިއީކީ ބަޔަކު ނޭނގިތިބެ ހިންގި ކަމަކުން ދިމާވިކަމެއް ނޫނެވެ. އަމިއްލަ ޖާހާއި އާރާއި ބާރުގަދަކުރުމަށް ހިންގަމުން ގެންގޮސްފައި އަމަލުތަކެއްގެ ނަތިޖާއެވެ. މިހިސާބައް މިގައުމު ދިއުމަށް މެދުވެރިވުމުގައި ރައްޔިތުންގެ ކޮންމެވެސް ވަރެއްގެ ގާފިލްކަމުގެ ހިއްސާވެސް އެބައޮތްމެއެވެ. އެހެންނަމަވެސް ދަތިކަމާއި އުނދަގޫކަމުގެ ތެރެއިން އަލުން އުންމީދަކާއެކު ގައުމުގެ ހާލަތު ބަދަލު ކުރުމުގެ މަސައްކަތް މިހާރު ހިނގާގެންފިއެވެ. ބައެއްގެ އަމިއްލަ އެދުމަށް ދައުލަތުގެ މާލިއްޔަތު ތަޅާ ދެވޮލެވިފައި އޮއްވައެވެ. އެހެންވިޔަސް އާހިތްވަރަކާއި އެކުގައެވެ. ވަޠަން އެދޭގޮތުގެ މަތިންނެވެ.
މިހާރު އަޅުގަނޑުމެންނަށް ފެންނަހުރި ތީމުގެއަކީ އެއްވެސް އިތުރު ޚަރަދެއް ނުކޮށް ހަތް ތަރީގެ ރޯޔަލް ހޮޓަލެއް އެއްވެސް ދަތިކަމެއްނެތި ހިންގާލެވޭނެ އިމާރާތެކެވެ. ޕްރެޒިޑެންޓަލް ސުއިޓްތަކެއްގެ ގޮތުގައި މާކެތްކޮށް ދުނިޔޭގެ މަހުޖަނުން ޗުއްޓީ ހޭދަކޮށްލުމަށް ވިއްކޭނެ ތަނެކެވެ. ބައިނަލް އަގުވާމީ ޓުވަރިޒަމް މާކެޓަށް ހުޅުވައިލާފިނަމަ ރެއެއްގެ މައްޗަށް އެތައް ލައްކަ ޑޮލަރެއް މިގައުމަށް ވައްދާދޭނެ ބޮޑު ދޮރާއްޓެކެވެ. މޯލްޑިވް ޕްރެޒިޑެންޓަލް ސުއިޓްގެ ނަމުގައި އެތަނުގައި ހުޅުވާލެވޭ ހަތްތަރީގެ އަގުބޮޑު ހޮޓަލަކީ ދުނިޔޭގެ މަޝްހޫރު މީހުންނާއި ބޮޑަތި މަހުޖަނުން އެތަނުގައި މަޑުކޮށްލުމަށް ކިޔޫހަދާނެ ތަނަކަށް ވާނެއެވެ.
މިހާރު ރާއްޖޭގައި މިއޮތް ސަރުކާރުގެ އެންމެ މުހިއްމު ކަންތައްތަކުގެ ތެރޭގައި ގަމުގެއިގްތިޞާދު އަނދަވަޅުން ނަގާ ހަރުދަނާކޮށް އަލުން އެކުލަވައިލާ އިންތިޒާމް ކުރެވެމުންދެއެވެ. މާލީ ސިޔާސަތުތައް ފާލަށް އެޅުވުމަށްޓަކައި ކަންތައްތައް ކުރެވެމުން ދެއެވެ. ރާއްޖޭގެ އާއްމު ރައްޔިތުންނަށް ޚިދުމަތް ފޯރުކޮށްދިނުމަށާއި އެކިއެކި ވަސީލަތްތައް ތަރައްގީ ކުރުމަށް ބޭރުގެ ފަރާތްތަކުގެ އެހީތެރިކަމާއި އެއްބާރުލުން ހޯދުމަށް ކެނޑިނޭޅި މަސައްކަތް ކުރެވެމުން ދެއެވެ. ކުރީގެ ވެރިކަމުގެ އިސްރާފީ ވައްޓަފާޅިއާއި ޚިލާފަށް މިހާރުގެ ސަރުކާރުގެ ބޭކާރު ޚަރަދުތައް ކުޑަކުރުމަށްޓަކައި ކަންތައްތަކެއް އެކަށައެޅި އަމަލުކުރުމަށްވަނީ ފެށިފައެވެ. ދައުލަތުގެ މާލީއްޔަތު ތަނަވަސް ކުރުމަށާއި ގައުމުގެ އުމްރަނީ، އިގްތިޞާދީ އަދި ފަރުދީ ފުދުން ތެރިކަމެއް ގެނައުމަށް މާލީ އިދާރާތަކަށް ރާއްޖެ އައުމަށް ފުރުސަތު ހުޅުވާލެވި ތަފާތު މަޝްރޫއުތަކަށް މުޅި ގައުމުވަނީ ހުޅުވާލެވިފައެވެ.
މިހާރުގެ ސިޔާސަތުގެ ދަށުން ސަރުކާރުގެ މާލިއްޔަތުން ޚަރަދު ކުޑަކުރުމަށްޓަކައި އެޅުނު އެންމެ މުހިއްމު އެއްފިޔަވަޅަކީ ރައީސް ހުންނަވާ ރިޔާސީ ގަނޑުވަރު ބަދަލު ކުރުމެވެ. ކުރީގެ ސަރުކާރުން އިމާރާތްކޮށްފައިވާ، މިސަރަޙައްދުގެ ފެންވަރުގައިވެސް ގުނާލެވޭ، އެއިމާރާތް ކުރުމަށް ޚަރަދުވެފައިވާވަރު އެއްވެސް ކަރުދާހަކުން މިހާތަނަށް ފެންނަންނެތް، ހިތުލަފަޔަކަށްވެސް ކުރީގެ ސަރުކާރުގެ ބޭފުޅަކަށް ބުނަންނޭގޭ އަގުބޮޑު އަދި ހަމައެހެންމެ އިމާރާތް ބެލެހެއްޓުމާއި މިނޫވެސް ބޭކާރު ޚަރަދު އިންތިހާއަށްބޮޑު ރިޔާސީ ގަނޑުވަރު ތީމުގޭގެ ބަދަލުގައި މުލިއާގެ އަނެއްކާވެސް ރިޔާސީ ގަނޑުވަރުގެ ގޮތުގައި ހަމަޖެއްސުމެވެ.
ތީމުގެފަދަ އަގުބޮޑު ރީތި ތަހުޒީބީ އިމާރާތަކުން އެފަދަ އިމާރާތަކާއި ގުޅޭގޮތުން ދައުލަތައް އެކަށިގެންވާ އާމްދަނިއެއް ހޯދޭނެއެވެ. އެ އިމާރާތަކީ ރައީސަކު ހުންނަވާ ގަނޑުވަރުކަމަށް ނުވަނީނަމަ އެ އިމާރާތް އެންމެ އެކަށީގެނަވަނީ ރަނގަޅު އާމްދަނީއެއް ދައުލަތަށް ހޯދުމަށް ބޭނުން ކުރާ ތަނެއްގެ ގިތުގައި ހެދުމެވެ. މިހާރު އަޅުގަނޑުމެންނަށް ފެންނަހުރި ތީމުގެއަކީ އެއްވެސް އިތުރު ޚަރަދެއް ނުކޮށް ހަތް ތަރީގެ ރޯޔަލް ހޮޓަލެއް އެއްވެސް ދަތިކަމެއްނެތި ހިންގާލެވޭނެ އިމާރާތެކެވެ. ޕްރެޒިޑެންޓަލް ސުއިޓްތަކެއްގެ ގޮތުގައި މާކެތްކޮށް ދުނިޔޭގެ މަހުޖަނުން ޗުއްޓީ ހޭދަކޮށްލުމަށް ވިއްކޭނެ ތަނެކެވެ. ބައިނަލް އަގުވާމީ ޓުވަރިޒަމް މާކެޓަށް ހުޅުވައިލާފިނަމަ ރެއެއްގެ މައްޗަށް އެތައް ލައްކަ ޑޮލަރެއް މިގައުމަށް ވައްދާދޭނެ ބޮޑު ދޮރާއްޓެކެވެ. މޯލްޑިވް ޕްރެޒިޑެންޓަލް ސުއިޓްގެ ނަމުގައި އެތަނުގައި ހުޅުވާލެވޭ ހަތްތަރީގެ އަގުބޮޑު ހޮޓަލަކީ ދުނިޔޭގެ މަޝްހޫރު މީހުންނާއި ބޮޑަތި މަހުޖަނުން އެތަނުގައި މަޑުކޮށްލުމަށް ކިޔޫހަދާނެ ތަނަކަށް ވާނެއެވެ. ދުނިޔޭގެ ފެންވަރުގެ ބިޑަކަށް ހުޅުވާލިނަމަވެސް ދުނިޔޭގެ މަޝްހޫރު ހޮޓެލް ޗޭނުތަކުން ޝައުގުވެރިކަމާއެކު އެއިމަރާތުގައި ހޮޓަލެއް ހިންގުމަށް އުފަލާއެކު ނަގާނެތަނެކެވެ.
އެކަށީގެންވާ ސެކިއުރިޓީއަކާއި ޚިދުމަތް ތަކަކާއެކު ތީމުގެ ހަތް ތަރީގެ ހޮޓަލަކަށް ބަދަލުކޮށްލެވިއްޖެނަމަ ދައުލަތަށާއި އަޅުގަނޑުމެންގެ ގައުމަށް މާލީ ފައިދާތަކެއް ވާނެކަން ގައިމެވެ. މިހާރުގެ ސަރުކާރުންވެސް މިވިސްނުން ކުރިއަށް ނެރެ ކުރީގެ ސަރުކާރުން އެތާނގައި ކުރި ބޭކާރު ޚަރަދުގެ ބަދަލުގައި އެތައްގުނައެއްގެ މަންފާއެއް ވާނެކަން ގައިމެވެ. ދައުލަތުގެ މާލިއްޔަތަށް ހިސާބެއްގެ ލުޔެއްވެސް ލިބިގެންދަނެކަން ގައިމެވެ.
ސިޔާސީ ޚިޔާލު ތަފާތު ވުމާއި ޒާތީ ތައައްސަބު ދޫކޮށްލުމަށްފަހު އަޅުގަޑުމެންގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ބޮލަށް މިވިސްނުން ވަދެ މިދެންނެވި ގޮތަށް ދުނިޔޭގެ ޓުވަރިޒަމަށް އެތަން ހުޅުވާލުމަށް ވަކާލާތުކޮށް ސަރުކާރާއި މަޖިލިސް ގުޅިގެން އެފަދަ މާލީ ދޮރެއް ހުޅުވާލަ ދިނުމަކީ ރައްޔިތުން ޝުކުރުވެރިކަމާއެކު ބަލައިގަނާނެ ކަމެއްކަން ޔަގީނެވެ. އޭރުން މަޖިލީހުގެ މެންބަރުންނަށްވެސް އަދި ސަރުކާރަށްވެސް ގަމުމުގެ މުއްސަނދިކަމަށް އިތުރު މަސައްކަތެއް ކޮށްދެވުނީއެވެ. އެފަރާތްތަކާ ހަވާލުވެފައިވާ ވާޖިބްތަކުގެ ކާމިޔާބަށް އިތުރު ފުރިހަމަކަމެއް ގެނެސް ދެވުނީއެވެ. ކުރީގެ ސަރުކާރުން ބޭކާރު ޚަރަދު ކުރަމުން ގޮސްފައިވާ 'ރިޔާސީ ގަނޑުވަރު ތީމުގެ' މިސަރުކާރުގެ ދައުރުގައި، ދައުލަތައް ފައިދާކުރަނިވި ތަނެއްގެ ގޮތުގައި 'މޯލްޑިވްސް ޕްރެޒިޑެންޓަލް ސުއިޓް' ގޮތުގައި ބޭނުން ކުރެވުނީއެވެ.
No comments:
Post a Comment