މިއީ ހަވީރުނޫހުގެ 26 ފެބްރުއަރީ 2009 ދުވަހު ޝާއިއުކޮށްފައިވާ 'ކުރީގެ އިކޮނޮމިކް މިނިސްޓަރުގެ....' އިންޓަވިއުއަށް އަޅުގަނޑު ލިޔެ، އެދުވަހުގެ މެންދުރު ކުރީގެ ވަގުތެއްގައި ޕޯސްޓްކުރި ކޮމެންޓެކެވެ. އަޅުގަނޑުގެ ލަފައިގާ މިކޮމެންޓް އެހެންކޮމެންޓް ތަކާއެކު ހިމަނާފައި ނުވަނީ މިކޮމެންޓަކީ ތަންކޮޅެއް ހަގީގަތާ ގާތްކުރާ ކޮމެންޓަކަށް ވީމައެވެ. އެއާއިއެކު ޖަލީލު ދައްކަވާފައި ހުރި ވާހަކަތަކަށް ތާއީދުކޮށްފައި ނެތީމައެވެ.
ޖަލީލުއެވެ. މި ދިވެހި ގައުމު ދަރަނިވެރިވެ މިހިސާބައައް އައުމުގައި ބައެއްގެ އިހުމާލު ވާކަން ގަބޫލު ކުރައްވާށެވެ. ވޭތުވެދިގު މާޒީގައި ދިވެހިރާއްޖޭގައި ވެރިކަން ކުރެއްވި ފަރާތާއި އެވެރިކަމުގައި ފިނޭންސް މިނިސްޓަރުކަމާއި ޓްރޭޑް މިނިސްޓަރުކަމާއި އެހެން މިނިސްޓްރީތައް ހިންގެވި ފަރާތްތައް ޒިންމާވާން ޖެހެއެވެ. ގައުމު މިހިސާބަށް ދިއުމުގައި އެމީހުންގެ އިހުމާލި ނިހާޔަތައް ބޮޑެވެ. މި ގައުމު ދަރަނިވެރި ކުރުވީ އެމީހުންކަން ޔަގީނެވެ.
ތިޔަބުނާ ފިޔަވަޅުތައް މިގައުމުގައި ތިޔަބޭފުޅުން އެޅުއްވީމުތޯއެވެ. ޖަލީލުއެވެ. ތިޔަވާހަކަ ދެއްކެވީމާ އަޅުގަނޑުމެން ލަދުގަނެއެވެ. ތިޔަވިދާޅުވާގޮތައް ފަގީރުން ޕޮރޮޓެކްޓް ކުރެއްވިންތޯއެވެ. ............ (އަމިއްލަ ނަފްސުގެ ސަލާމަތައްޓަކައި ނަން އުނިކުރެވިފައި) މިފަދަ މުއްސަނދިން ހިމާޔަތް ކުރުންނޫން ކަމެއް ތިޔަ ބޭފުޅުން ކުރެއްވީމުތޯއެވެ. ގައުމަށް ލިބުނުހާ ފައިސާއެއް މިބުނާ މީހުންނަށް ބަހާ ހުސްކުރީ ތިޔަ ވިދާޅުވާ ސްޓެބިލިޓީ މީންސް ބައްލަވައިގެން ހެއްޔެވެ. އެހެން ބަޔަކު ކަމެއް ކުރާތަން ފެނުނީމާ އަދިވެސް ހަޖަމު ނުކުރެއްވެނީ ދެއްތޯއެވެ. ތިޔަބޭފުޅުންގެ ފިޒިކަލް ޕްލޭން ކަރުދާހުގައި ލިއުއްވާފައި އޮތީ އެހެންމީހުންނަށް އޮޅުވާލުމަށްޓަކައި ލުބޯހުތުގައި ޖައްސަވައިގެންނެވެ.
މިހާރުގެ ސަރުކާރުން ބޭރުމީހުން ކައިރިއަށްގޮސް ސަލާންޖަހަން މަޖުބޫރު ކުރުވީ ދިގު މާޒީގައި ސަރުކާރު ހިންގުވި ފަރާތްތަކެވެ. އެހެން ނޫނަސް ވޭތުވެދިޔަ ސަރުކާރުވަނީ ދައުލަތައް ލިބުނުހާ ފައިސާ ބޭކާރު ގޮތުގައި ޚަރަދުކޮށް ގައުމު ދެފުށުން ދޮވެލައިފައެވެ. ޖަލީލުއެވެ. ކޮނުނު ކޮނުނުހެން ފަސްގިނަވުން ނޫން އެހެންކަމެއް ނުވާނެއެވެ. ދިވެހިން މަޅިއަށް ފެތުނީ ޖަލީލުމެން ގެންގުޅުއްވި ދެއުޅިއެއްނުވާ ސިޔާސަތުގެ ސަބަބުންނެވެ.
ބަލަގަ މުސާރަ ބޮޑުކުރަންވެސް ޖެހެއެވެ. ޖަލީލުމެން ކަންކަން ކުރެއްވި އިރުގައި ރަނގަޅު މާލީ ސިޔާސަތެއް ނުގެންގުޅުއްވީމާ ގައުމަށް ވާނެ ހުރިހާ އެއްޗެއް މިހިރަގެން ވަނީއެވެ. އިރާދަކުރެއްވިއްޔާ އަދި މުސްތަގުބަލް ރަނގަޅުވާނެއެވެ. އެކަމަކު ޖަލީލުމެން ޖައްސަވާފައިހުރި މަޅިކިތަކުގެ ސަބަބުން ދުވަސްނަގާނެކަން ގަބޫލުކުރައްވާށެވެ.
ޖަލީލުއެވެ. ތިޔަވިދާޅުވާ ވާހަކަތަކުގައި އޮއްޓަރެއް ނެތެވެ. ފޮތްއަލަމާރިއެއް ހުއްޓަސް އަދި މުޅިން ނުފުދެއެވެ. ތިޔަވިދާޅުވަނީ ނިމިގެންދިޔަ ސަރުކާރުގައި އުޅުއްވި ބޭފުޅުން ނޫނިއްޔާ މިގައުމުގައި މީހުން ނެތީކަމަށް ހެއްޔެވެ. އެބޭފުޅުން ނިޔާވީމާ ގައުމު ވަތުބަތާނައަށް ޖަހާފައި ދެންތިބީން ހަމަ ތިބެންވީކަމަށް ދެއްތޯއެވެ. ހަމަހިލާ އެހެނެއް ނުވާނެއެވެ. އަދި އަޅުގަނޑުމެންވެސް އެބަ ތިބީމުއެވެ.
ބަލަގަ ޑޮލަރުކަންތައްވެސް ކުރިމަތިވީ ކުރީގެ ސަރުކާރުގެ ތިޔަބުނާ ދޯހަޅި މާލީ ސިޔަސަތުގެ ސަބަބުންނެވެ. 2006 ވަނަ އަހަރު 220 މިލިއަން ހުރީތީ ފަހުރުވެރިވާކަށް ނުޖެހެއެވެ. ހަގީގަތުގައި މިގައުމުގެ ކަންކަން ރަނގަޅަށް ގެންގޮސް ޖަލީލުމެން އިހްލާސްތެރިނަމަ 220 މިލިއަންގެ އެތައް ގުނައެއް ރިޒާވުގައި ހުރީހެވެ. މިހާރުދެން އަމިއްލަފުޅަށް ނާގާބިލް ކަމުގެ ވާހަކަވެސް ތިޔަ ވިދާޅުވެވުނީއެވެ. ގައުމު 40 ޕަސެންޓް ފަގީރުވީ ކުއްލިއަކަށް މިއަދު ހެއްޔެވެ. އެކަމުގެ ޒިންމާ ނަންގަވަންވެސްވާނީ ތިޔަބޭފުޅުން އުޅުއްވި ސަރުކާރުގެ މިނިސްޓަރުންނެވެ.
އަދި ރާއްޖެ އެއްފަސްކުރަން ވޭތުވެދިޔަ ތިރީސް އަހަރު ދުވަހު ރަނގަޅު ޕްލޭނެއްގެދަށުން ގެންދެވިނަމަ މާފިލާފުށި އެހާލުގައި ފަނަރަ، ވިހި އަހަރުވަންދެން ނޯތީހެވެ. ވޭތުވެ ދިގުމާޒީގައި އެއްފަސް ކުރުމުގެ ބަދަލުގައި އުޅުއްވީ ފަސް އެއްކުރެއްވުމުގައެވެ. ދެން ބަޔަކު ރަނގަޅަށް ކަމެއް ކުރެއްވީމާ އަދި ތިޔައީ ޑިމޮކުރަސިއެއްނޫނޭ ތިމަންނާމެން ގަބޫލެއް ނުކުރަމޭ ވިދާޅުވާނޭކަން އެނގެއެވެ. އެއީ އިންސާނީ ފިތުރަތެވެ. ބާރުތައް އަތުން ބީވެގެން ދިޔައިމާ އެބާރު ހޯއްދަވަން ތަފާތު މަޅިތައް ޖައްސަވާނެއެވެ. ފިކުރީ ހަނގުރާމައަކީ އޭގެ މައިގަޑު ބައެވެ. –ޔައްޔިބް ޝަހީމް-
1 comment:
Sad thing is how soon Maldivians forget things. Like someone said, Many Maldivians are suffering from short term memory loss.
The current gov is facing huge challenges cos of the things the ex-government had done during the 30 year long period. A totall messup! Hope this can be undone within this 5 years.
Post a Comment