ހޭޔަންބޯ އަހަރީ ހަނދާން (800 ވަނަ ޕްރޮގްރާމް)
ރިޕޯޓް ލިޔުނީ: ޠައްޔިބް ޝަހީމް
ހޭޔަންބޯ ޝޯ އަކީ ޓީވީ މަޖައްލާއެއްގެ އެއްގެ ގޮތުގައި ކުރީގެ ޓީވީ
މޯލްޑިވްސް އިން 1994 ވަނަ އަހަރު ފަށައިފައިވާ ޕްރޮގްރާމެއް. އޭރުގެ ޓީވީ
މޯލްޑިވްސްގައި މަސައްކަތް ކުރައްވަމުން ގެންދެވި ސީނިއަރ ކެމެރާމަން ޙަސަން
މަޢުމޫންގެ އަމިއްލަ ޚިޔާލެއްގެ މަށްޗަށް ބިނާކޮށް ތައްޔާރު ކޮށްފައިވާ މި
ކޮންސެޕްޓްއަކީ ޕްރޮގްރާމެއްގެ ސިފައިގާ އަލަށް ރާއްޖެއަށް ތައާރަފް ކުރެވުނު މުޅިން
އާ ޝޯއެއް. ޚަބަރާއި މައުލޫމާތުން ފުރިގެންވާ މި ޕްރޮގްރާމްގައި ތަފާތު އެތަކެއް
ބައިތައް ނުވަތަ ސެގްމަންޓްތައް އެކުލެވިގެންވޭ. ދީނީ ދަރުސްތަކާއި ނަސޭޙަތްތަކާއި
ޢާއްމު މަޢުލޫމާތާއި އިނާމް ލިބޭ އެކިއެކި މަސައްކަތްތަކުގެ އިތުރުން މުނިފޫހި
ފިލުވުމުގެ އެތައް ބައިތަކެއް މި ޕްރޮގްރާމްގެ ޒަރީއާއިން އާއްމުންނަށް ވަނީ
ހުށަހަޅައިދެވިފައި.
ޙަސަން މައުމޫނުގެ މާލިމީ ކަމުގައި 1994 ވަނަ އަހަރު ހޭޔަންބޯ ފެށި
މިދަތުގައި މިހާތަނަށް އައިއިރު ޕްރޮގްރާމް އުފެއްދުމުގައި މުޅިންވެސް
ޙަރަކާތްތެރިވެފައި ވަނީ އެމްއެންބީސީ ވަންގެ ޓެކްނިކަލް ޕޫލްގެ ޓެކްނީޝަނުންނާއި
ކެމެރާމަނުންނޭ ދަންނަވާ ލުމަކުން ޕްރޮގްރާމް ޕްރޮޑިއުސަރުންނަށް ގޮންޖަހާލެވުނީ
ކަމަކަށް ނުވާނެ. އަދި ހަމައެހެންމެ ހޭޔަނބޯ ފޮނުވަން ފެށީއްސު މިހާތަނަށް
ޕްރޮގްރާމް އުފައްދާ ޓީމުގައި މަސައްކަތް ކުރެއްވި ފަރާތް މުޙައްމަދު ރަޝީދު
އިސްކޮށް ހުންނަވައިގެން ހޭޔަނބޯ އުފައްދަމުން ގެންދަވާ ކަމީވެސް މިޕްރޮގްރާމް ލިބޭ
ކުރިއެރުމެއް ކަމުގައި ނޫނީ ނުވާނެ. އަދި މީގެ އިތުރުން އެމްއެންބީސީ ވަންގެ
ޓެކްނިކަލްޕޫލްގެ ހުރިހާ މުވައްޒަފުންނާއި ކުންފުޏާއި ސްޓޭޝަންގެ އިސްވެރިންގެ
ފަރާތުން ލިބޭ އެހީތެރިކަމާ ދެއްވާ އެއްބާރުލުމަކީ މި ޕްރޮގްރާމް މިހާ ކާމިޔާބް
ކަމާއެކު އާއްމުންނާއި ހަމައަށް ގެނެސްދެވިފައިވާ އެންމެބޮޑު އެއްދަލީލު
ކަމާއިމެދު ޝައްކެއްނެތް. އެހެންކަމުން ސޯޅަ އަހަރު ފުރި ސަތާރަ އަހަރު ފުރެން
ކައިރިވެފައިވާއިރު، އަދާ ހަމައަށްވެސް ޕްރޮގްރާމާއި ދޭތެރޭ ބަހައްޓަވާ
ގާތްކަމަށްޓަކައި ކުންފުނީގެ ވެރިންނަށާއި ސްޓޭޝަންގެ ވެރިންނަށް ޕްރޮގްރާމްގެ
ނަމުގައި ޝުކުރު ދެންނެވުމަކީ އަޅުގަނޑުމެންގެ އުފަލެއް ކަމުގައި ދެކެން.
މިޕްރޮގްރާމަށް ލިބިފައިވާ ޚާއްޞަ ސިފަރަތުގެ ތެރެއިން ފަހަގަ ކޮށްލެވޭ ޚާއްޞަ ކަމެއްގެ ގޮތުގައި ބެލުންތެރިން ފާހަގަ ކުރާ އެހެންކަމެވެސް އޮވޭ. އެގޮތުން ޕްރޮގްރާމްގެ ލޯގޯ އަށް ބައެއް ކުދިކުދި ފަރުމާ ކުރުން އިތުރުވިއެއް ކަމަކު ޕްރޮގްރާމްގެ ތީމް އަޑަށް ބަދަލެއް އައިސްފައި ނުވާކަމަކީވެސް މިޕްރޮގްރާމަށް ލިބިފައިވާ ޚާއްޞަ ސިފައެއް ކަމުގައި ބެލުންތެރިންގެންދަނީ ފާހަގަ ކުރަމުން. އަދި ހަމައެއާއި އެކު ޒަމާންވީ ސެޓްތައް ދޫކޮށް މިޒަމާނުގެ ފަހުގެ ސެޓްތަކުގައި ޕްރޮގްރާމް ހުށަހަޅައިދެވުމާއި މާލެއާއި ރާއްޖޭގެ އެހެން ހިސާބްތަކުގައި ޕްރޮގްރާމް ގެނެސްދެވުމުގެ އިތުރުން ރާއްޖެއިން ބޭރު ޤައުމުޔ ތަކުގައިވެސް މި ޕްރޮގްރާމް ވަނީ ގެނެސްދެވިފައި. އަދި ހަމަ އެއާއިއެކު ޕްރޮގްރާމަށް އަންނަމުންދާ ބަދަލުތަކަކީ އެދުވަހަކަށް ފެތޭގޮތަށް ބަދަލުތަކާއެކު ގެނެވޭ ޕްރޮގްރާމަކަށްވެފައި މި ޕްރޮގްރާމަކީ ރާއްޖޭގެ ނަމޫނާ ޕްރޮގޮރާމެއް ކަމުގައިވެސް ބެލުންތެރިން ވަނީ ބަލައިގެންފައި.
މިހާރު ތިޔް ބައްލަވަމުންގެންދަވާ ހޭޔަންބޯ ނިމޭއިރު 800 ޕްރޮގްރާމް ދެއްކިފައިވާ
މި ހޭޔަނބޯ ޝޯގެ މައިގަނޑު އެއް މަޤްޞަދަކީ ފަންނުވެރިންގެ ފަންނުވެރިކަން
ކުރިއެރުވުމާއި ފަންނުވެރިކަން ދިރުވާ އާލާކުރުމާއި އެފަރާތްތަކަށް އިތުރު
ހިތްވަރުދިނުން. ހަމައެހެންމެ ރާއްޖޭގައި އެކިއެކި ދާއިރާ ތަކުގެ ތަފާތު ޝަޙްޞިއްޔަތުތައް
މިޕްރޮގްރާމްގެ ޒަރީއާއި އިން އާއްމުނާ ހިސާބަށް ވަނީ ތަޢާރަފް ކުރެވި ގެނެސްދެވިފަ.
ރާއްޖެއަށް ރީތިން ހޯދާދީފައިވާ ފަރާތްތަކާއި ރާއްޖެއަށް އެކިއެކި ދާއިރާތަކުން
ފައިދާހުރި އެތައް އެތައް މަސައްކަތްތަކެއް ކުރާ އަދި ކޮށްފައިވާ ފަރާތްތަކެއް
ވަނީ ބެލުންތެރިންނަށް ގެނެސްދެވިފައި. ރާއްޖޭގެ ތަފާތު އެތައް ހުނަރުވެރިނެއްގެ މައުލޫމާތު
ވަނީ މި ޕްރޮގްރާމްގެ ޒަރީއާއި އާއްމުންނަށް ފޯރުކޮށްދެވިފަ. މީގެ އިތުރުން ރާއްޖޭން
ބޭރުގެ އެތައް މެހްމާނުންނަކާއި ޝަޙްޞިޔަތުތަކާއި ފަންނުވެރިންނެއްވެސް މިވަނީ ގެނެސްދެވިފަ.
ރާއްޖޭގެ މިޔުޒިކާއި ލަވައިގެ ދާއިރާއި މަސައްކަތް ކުރާ ގިނަ ފަރާތްތަކަކާއި
އެނޫންވެސް އެކިއެކި ހުނަރުވެރިން ތަޢާރަފްކޮށްދެއްވި އެފަރާތްތަކަށް ފުރުޞަތު
ހޯދައިދިނުމުގައި ހޭޔަންބޯ ޕްރޮގްރާމް މުހިއްމު ދައުރެއް އަދާކޮށްފައިވާނެ
ކަމާމެދު ބެލުންތެރިން ޝައްކެއް ނުކުރާނެ.
ޚާއްޞަ ގޮތެއްގައި މި ފުރުޞަތުގައި ރާއްޖޭގެ ކުރީގެ ރައީސުލްޖުމްހޫރިއްޔާ
އަލްއުސްތާޒް މައުމޫން ޢަބްދުލް ޤައްޔޫމް އާއި ރާއްޖެގެ މިހާރުގެ ރައީސުލް
ޖުމްހޫރިއްޔާ މުޙައްމަދު ނަޝީދު، މި ޕްރޮގްރާމްގެ ޚާއްޞަ މެޙްމާނުންގެ ގޮތުގައި މީގެ
ކުރީގައި ގެނެސްދެވިފައި ވުމަކީ މިޕްރޮގްރާމަށް ލިބިގެންދިޔަ ޚާއްޞަ އުފަލަކާއި
ޝަރަފެއް.
އާއްމުންގެ މަޤްބޫލުކަން އިންތިހާއަށް ލިބިފައިވާ މި ޕްރޮގްރާމް ހުށަހަޅައި
ދިނުމުގައި ރާއްޖޭގެ ފުންނާބު އުސް ޕްރެސެންޓަރުންނާއި ފަނުންވެރިން ތަކެއްގެ
ބައިވެރިވުން ވަނީ ލިބިގެންގޮސްފައި. މީގެ އިތުރުން މިހާރުވެސް މި ޕޮރޮގްރާމް
ހުށަހަޅަމުން ދާ ދެ ޕްރެސެންޓަރުންނަކީ މިވަގުތު ރާއްޖޭގައި ތިއްބެވި އެންމެ
ކުޅަދާނަ ޕްރެޒެންޓަތުންގެ ތެރޭގައި ގުނާލެވޭ ދެ ޕްރެޒެންޓަރުންކަން
ފަޚްރުވެރިކަމާއެކު ފާހަގަ ކޮށްލަން.
މިއަދު ހޭޔަންބޯ ޕްރޮގްރާމްގެ 800 ވަނަ ޕްރޮގްރާމް ކަޑަތުކޮށް ނިމިގެންދާއިރު
މި ޕްރޮގްރާމަށް ވަނީ ގިނަ ފަރާތަކެއްގެ އެހީތެރިކަން ލިބިފަ. ރާއްޖޭގެ ބައެއް
ވިޔާފާރި ކުންފުނިތަކުން އެކިފަހަރު މަތިން ސްޕޮންސަރ ކުރަމުންގެދި މި
ޕްރޮގްރާމްގެ މިހާރު ސޮޕްންސަރ އަކީ ރާއްޖޭގެ މުވާޞަލާތީ އެންމެބޮޑު އެއް
ކުންފުނިން ކަމުގައިވާ ދިވެހިރާއްޖޭގެ ގުޅުން ޕްރައިވެޓް ލިމިޓެޑް ދިރާގް ކަމުގައި
ފާހަގަ ކޮށްލުމަކީ އެހެން ކުންފުނިތަކަށް ކުރެވޭ ބޭއިންސާފަކަށް ނުވާނެ ކަމުގައި
ދެކެން. އަދި މިހާރު މިޕްރޮގްރާމް އަކީ ރާއްޖޭގައި ފޮނުވާ މިފަދަ ޕްރޮގްރާމް
ތަކުގެ ތެރެއިން އެންމެ މަތީ އަގެއްގައި ސްޕޮންސަރޝިޕް ލިބިފައިވާ ޕްރޮގްރާމް ކަމުގައި
ވެފައި ވުމަކީވެސް ހޭޔަނބޯއަށް ޙާއްޞަ ކަމެއް ކަމުގައި ނޫނީ ނުވާނެ.
ތިޔަބޭފުޅުންގެ އެކުވެރިއެއްގެ ގޮތުގައި މި ޕްރޮގްރާމް މިހާހިސާބަށް ދަތުރު
ކުރެވުނުއިރު ޔިތަބޭފުޅުން ހިތަހަމަޖެހޭ ކަންތައްތަކެއް ގެނެސްދެވިފައިވާ ކަމުގެ
އުފާ މިޕްރޮގްރާމް ލިބިގަންނަނީ ކުރިއަށް ދިއުމުގައިވެސް ތިޔަބޭފުޅުންގެ
އެއްބާރުލުން މި ޕްރޮގްރާމަށް ލިބޭނެ ކަމުގެ އުއްމީދުގަ. އެހެން ކަމުން
މިޕްރޮގްރާމްގެ ހުރިހާ އަހުލުވެރިންނަށް ވަރަށް ބޮޑަށް ޝުކުރިއްޔާ
ރިޕޯޓް ލިޔުނީ: ޠައްޔިބް ޝަހީމް
ތާރީޚް: 26 ޖޫން 2011
No comments:
Post a Comment